ދީނާ ޚިލާފު ގިނަ އަދަދެއްގެ ފޮތްތަކެއް މާލެއިން އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމްސް އިން ވިދާޅުވީ، އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު ވާހަކަތަކެއް ހުރި ގިނަ އަދަދެއްގެ ފޮތްތަކެއް މާލެއިން އަތުލައިގެންފައިވާ ކަމަށެވެ.
މާލޭގެ ފިހާރައެއްގައި ވިއްކަން ބަހައްޓާފައި ހުއްޓާ ކަސްޓަމްސް އިން އަތުލައިގަތް ފޮތްތަކުގެ އަދަދު 109 އަށް އަރާކަމަށް ކަސްޓަމްސް އިން ވިދާޅުވިއެވެ.
“އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު ވާހަކަ ލިޔެވިފައި ހުރި 109 ފޮތެއް މާލޭގައި ވިއްކުމަށް ބަހައްޓާފައި ވަނިކޮށް އެފޮަތްތައް ކަސްޓަމްސްގެ ބެލުމުގެ ދަށަށް 30 އޮގަސްޓް 2019 ވަނަ ދުވަހު ވަނީ ގެނެވިފައި.” ކަސްޓަމްސް އިން ވިދާޅުވިއެވެ.
އިސްލާމް ދީނާ ޚިލާފު ވާހަކަތަކެއް ހުރި ފޮތްތަކެއް ވިއްކަން ބަހައްޓާފައި ހުއްޓާ ކަސްޓަމްގެ ބެލުމުގެ ދަށަށް ގެންދިޔަކަން ހާމަކުރެއްވި ނަމަވެސް އެ ފޮތްތައް އަތުލައިގަތީ ކޮން ފިހާރައަކުން ކަން އަދި އިތުރު އެއްވެސް ތަފްސީލެއް ކަސްޓަމްސް އިން ހާމައެއް ނުކުރެއެވެ.