ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ބުކް ފެއާ، ނޮވެލްޓީ ބުކްފެއާ އިއްޔެ ފަށައިފި އެވެ.
އިއްޔެ ހަވީރު ދަރުބާރުުގޭގައި ފެއާ ހުޅުވައި ދިނީ ހުޅުމާލެ ކުޑަކުދިންގެ ހިޔާ، ފިޔަވަތީގެ ކުދިންނާއި ޖަމާލުއްދީން ސްކޫލްގެ، އަޑު އިވުމުގެ ދަތިކަން ހުންނަ ކުދިންނަށް ހާއްސަ ކްލާހުގެ ދަރިވަރުންނެވެ.
އަަންނަ މަހުގެ 10 އަކަށް ކުރިއަށްގެންދާ މި ފެއާގައި 100 ރުފިޔާ އިން މަތީގެ ކޮންމެ ވިޔަފާރި އަކަށް ކޫޕަން ދޫކުރެ އެވެ. އަދި ގުރުއަތުން ހޮވޭ ފަރާތަށް އިނާމެއްގެ ގޮތުގައި 200،000ރ. ދޭން ނޮވެލްްޓީން ވަނީ ނިންމާފަ އެވެ.
މީގެ އިތުރުން، ނޮވެލްޓީ ބުކްޝޮޕުން 100ރ. އިން މަތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް މިހާރުވެސް “ބުކް މަނީ” ދެ އެވެ. ކޮންމެ ބުކް މަނީއަކީ ފަސް ރުފިޔާ ކަމަށް ނޮވެލްޓީން ބުންޏެވެ. އަދި ބުކް މަނީ ބޭނުން ކޮށްގެން ފެއާއިން އެއްޗެހި ގަތުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި ނޮވެލްޓީ ބުކްޝޮޕުން ވެސް އެއްޗެހި ގަތުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ބުންޏެވެ.