ފޮޓޯ؛ ގޫގުލް

ބްރިޖުގެ ޑިވައިޑަރުތައް ހަލާކުވެގެން ދިޔައީ އެޗްޑީސީގެ އިހުމާލުން: މުއިއްޒު

ސިނަމާލެ ބްރިޖުގެ ޑިވައިޑަރުތައް އެޗްޑީސީން ބެލެހެއްޓި ނަމަ ހަލާކުވެގެން ނުދިޔައީސް ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލެ އާއި ހުޅުމާލެ ގުޅުވައިދޭ ސިނަމާލެ ބްރިޖަށް މިއަދު ވަނީ އެއް އަހަރު ފުރިފަ އެވެ. މި ދުވަހާ ގުޅިގެން ޗެނަލް 13 ގައި ގެނެސްދިން ޕްރޮގްރާމެއްގައި ބްރިޖުގެ މިހާރުގެ ހާލަތާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ބްރިޖުގެ މަސައްކަތްތައް ކޮންޓްރެކްޓަރު ކުރަން ޖެހޭ ވަރަށް ކޮށް ނިންމުމުން އެޗްޑީސީން ބަލަހައްޓަންޖެހޭ ހުޅުމާލެ ފަޅީގެ ޑިވައިޑަރުތައް ވަރުގަދަކުރަން މަސައްކަތް ކުރި ނަމަ މިއަދު އެހާ ފަސޭހައިން ހަލާކުވެގެން ނުދާނެ ކަމަށެވެ.

އަދި ޕްލޭންގައި އޮތީ އެ ޑިވައިޑަރުތަކަށް ވެލި އަޅައި މާގަސް އިންދާ މުޅި ހައިިވޭވެސް ފެހި ކުރުން ކަމަށެވެ. އެހެންނަމަވެސް އެކަން އެހެން ކުރަމުންދާތަން ނުފެންނަ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

“އެޗްޑީސީގެ އިހުމާލު އޮތް ވަރު ދަންނަވާ މި ސަބަބަކީ މިސާލަކަށް ޑިވައިޑަރުތައް، ޑިވައިޑަރުތައްވެސް ހަލާކުވެގެން އެ ދަނީ އެކަންވެސް އެއީ އެބޭފުޅުން ކުރަންޖެހޭ ކަމެއް. އެކަން ކޮންޓްރެކްޓާ ކުރަންޖެހޭ ވަރަށް ކޮށްނިންމީމައި ދެން އެޗްޑީސީން އެބަ ޖެހޭ ޑިވައިޑަރުތައް އެތަނުގައި އިތުރަށް ވަރުގަދަ ކުރަން، ބަރުކުރަން އެއަށް ވެލި އަޅައި މާގަސް އިންދާ ހަދަންޖެހޭ ގޮތެއް ހަދާ ނިންމަން ޖެހޭ. އެއްވެސް އެއްޗެއް ނާޅާ ބެހެއްޓީމައި ވަރަށް ލުއި ކޮށް ހުންނާނީ. ހަލާކުވެސް ވާނެ. އެކަމަކު ފުލްކޮށް އަޅަންޖެހޭ ގޮތަށް ވެލި އަޅާ ކޮމްޕެކް ކޮށްފައި ހެދި ނަމަ އެހާ ބޮޑަކަށް އޭތި މޫވް އެއް ނުކުރާނެ” މުއިއްޒު ވިދާޅުވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!