ވަޅިން ބިރު ދައްކައި ފައިސާތަކެއް ފޭރުނު މީހަކު ހައްޔަރުކޮށްފި

ލ.ގަމުގައި ވަޅިން ބިރު ދައްކައިގެން ފިހާރައަކުން ފައިސާތަކެއް ފޭރުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މިރޭ 18:45 ހާއިރު ހައްޔަރުކޮށްފައިވަނީ އުމުރުން 28 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ފުލުހުން ބުނީ ގަން މުކުރިމަގު ފިހާރައަކަށް ވަދެ އެ ފިހާރައިގައި އިން ކުއްޖާއަށް ވަޅިން ބިރުދެއްކުމަށްފަހު އެ ފިހާރައިގެ ވަތްގަނޑުން އޭނާ ފޭރިގެންފައިވަނީ ގާތްގަނޑަކަށް 4000 ރުފިޔާ ކަމަށާއި މި މައްސަލަ ރިޕޯޓުކޮށްފައިވަނީ މިއަދު ހަވީރު 16:50 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!