ރާއްޖެ އެތެރެކުރަން އުޅުނު 4 ކިލޯގެ މަސްތުވާތަކެއްޗާއެކު އިންޑިޔާ މީހަކު ހައްޔަރުކޮށްފި

ވައިގެ މަގުން ރާއްޖެ އެތެރެ ކުރަން އުޅުނު 4.2 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ. 

ކަސްޓަމްސް އިން ބުނީ އެތަކެތި އަތުލައިގެންފައިވަނީ އިންޑިޔާގެ ޓްރިވެންޑްރަމްއިން އައި 48 އަހަރުގެ އިންޑިޔާ ފިރިހެނެއްގެ އަތުން ކަމަށެވެ. މަސްތުވާތަކެތި ފެނިފައިވަނީ އޭނާގެ ޢަމަލުތައް ހުރިގޮތުން އޭނާއާމެދު ޝައްކުކުރެވިގެން ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާގެ ލަގެޖުގެ ތެރެއިން ކަމަށް ކަސްޓަމްއިން ވަނީ ބުނެފައެވެ. 

މީގެ އިތުރުން ކަސްޓަމްސްއިން ބުނީ އެ ތަކެތި ފުރަތަމަ މަރުހަލާގެ ތަޙުލީލުން މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހަޝިޝް އޮއިލްއަށް ޕޮޒިޓިވް ވެފައިވާކަމަށެވެ. އަދި އެ މަސްތުވާތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 1.1 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ކަސްޓަމްސް އިން ބުނެފައިވެއެވެ. 

ފުލުހުން މިމައްސަލަ އިތުރަށް ތަޙްޤީޤްކުރަމުން ގެންދާ ކަމަށް ވެސް ކަސްޓަމްސް އިން މައުލޫމާތުދެއެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!