މާފަންނު ގެއެއްގެ އަށްވަނަ ފަންގިފިލާއިން ފިލާގަނޑެއް ވެއްޓި މީހަކަށް އަނިޔާވެއްޖެ

މާފަންނު ގެއެއްގެ އަށް ވަނަ ފަންގިފިލާގެ ބެލްކަނިން ފިލާގަނޑެއް ވެއްޓި އެ ސަރަހައްދުން ހިނގާފައި ދިޔަ ފިރިހެނެއްގެ ބޮލުގައި ޖެހި އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 10:03 ހާއިރު އެ ހާދިސާ ހިނގައިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައިވާކަމަށެވެ. އަދި އެ ހާދިސާގައި އަނިޔާވި މީހާ އަށް އައިޖީއެމްއެޗްގައި ފަރުވާދެމުން ދާ ކަމަށްފުލުހުން ބުނެ އެވެ. ނަމަވެސް އިތުރު މައުލޫމާތެއް ފުލުހުން ދީފައެއް ނުވެއެވެ.

މި ހާދިސާ އާ ގުޅިގެން ބަލަން ޖެހޭ ކަންތައްތައް ބަލަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!