ފޮޓޯ: މިހާރު

ލޯންޗް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވި އެންމެން ވަޅުލައިފި

ހދ. ނޮޅިވަރަންފަރުން ފުރައިގެން ހަނިމާދޫއަށް ދަތުރުކުރަނިކޮށް ބުރާސްފަތި ދުވަހު ބަންޑުން ޖަހާލި ކުޑަ ލޯންޗުން ދަތުރުކުރި މީހުންގެ ތެރެއިން ނިޔާވި ފަސްމީހުން ވަޅުލައިފިއެވެ.

މިހާދިސާގައި ނިޔާވި އެންމެން ވަޅުލާފައިވަނީ ހަނިމާދޫ ގަބުރުސްތާނުގައި، މިރޭ މެންދަމު 2:30 އެހާއިރުއެވެ. އެންމެންވެސް ވަޅުލާފައިވަނީ އެއް ވަޅެއްގައެވެ.

މި އެންމެންގެ މައްޗަށް މިރޭ 1:30 ގައި ކަށުނަމާދުކުރުން އޮތެވެ. ކަށުނަމާދުކުރުން އޮތީ ހަނިމާދޫގެ މަސްޖިދުލް މޫސާ އަލީގައެވެ.

ކަށުނަމާދާއި، ޖަނާޒާގެ ކަންތައްތަކުގައި މިހާދިސާގައި ނިޔާވި މީހުންގެ އާއިލާގެ މެމްބަރުންނާއި، ހަނިމާދޫއާއި، ނޮޅިވަރަންފަރުގެ ހުރިހާ ރައްޔިތުންހެން ކަހަލަ ގޮތަކަށް ބައިވެރިވިއެވެ. އަދި މާލެއިންދިޔަ ފަރާތްތަކާއި، އެނޫންވެސް އެތައް ފަރާތްތަކުން ޖަނާޒާގައި ބައިވެރިވިއެވެ.

ޖަނާޒާގެ ކަންތައްތައް ކުރިއަށްދިޔައިރު މުޅި މުޅި ސަރަހައްދުން ފެނިގެންދިޔައީ ހިތާމައިގެ މަންޒަރުތަކެވެ. އެތައްބަޔަކަށް އެކަމުގެ އަސަރުކޮށްފައިވާތަނެވެ.

ލޯންޗް ބަންޑުން ޖަހާލި ހިތާމަވެރި ހާދިސާގައި ފަސްމީހުން ނިޔާވިއިރު، އޭގެ ތެރޭގައި އެއް އާއިލާއެއްގެ ހަތަރު މެމްބަރުންވެސް ހިމެނެއެވެ. އެ އާއިލާގެ ވަރަށް ތުއްތު ކުއްޖަކުވެސް ނިޔާވި މީހުންގެ ތެރޭގައި ހިމެނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!