ވިއްސާރައިގައި ބައެއް ރަށްރަށަށް އެކި ވަރުގެ ގެއްލުން ލިބިއްޖެ

ރެއިން ފެށިގެން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރަމުން އަންނަ ވިއްސާރައިގައި ބައެއް ރަށްރަށަށް އެކި ވަރުގެ ގެއްލުން ލިބިއްޖެ އެވެ.

މިއަދު ހެނދުނު ވ. ފެލިދު އަށް ކުރި ވިއްސާރައިގައި، ވައިގަދަވި ވަގުތު އެ ރަށުގެ ދެ ގެއެއްގެ ފުރާޅު ވަނީ އެއްލާލައިފަ އެވެ. އަދި ގެއެއްގައި ހުރި ބަނބުކެޔޮ ދެ ގަސް ވެސް ވެއްޓުނު ކަމަށް އެ ރަށު ކައުންސިލްގެ ވިދާޅުވި އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.

މީގެ އިތުރުން ރ. އަލިފުށީގައި ވެސް މިއަދު ފެންބޮޑުވި ކަމަށް އެ ރަށު ކައުންސިލުން ވިދާޅުވި އެވެ. އެ ރަށުގެ ތިން ގެއަކަށް ފެން ވަދެފައިވި ނަމަވެސް، އެއްވެސް ގެއަކަށް އަދި މުދަލަކަށް ގެއްލުމެއް ނުވެއެވެ. އަދި ގެތަކަށް ފެން ނުވަންނަ ގޮތަށް ގޭ ދޮރުމަތީގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ފުލުހުންނާއި ކައުންސިލުން ދަނީ ކުރަމުންނެވެ.

ހއ. އަދި ނ. އަތޮޅުގެ ބައެއް ރަށްތަކުގައި ވެސް ފެންބޮޑުވި ކަމަށް ފުލުހުން ބުންޏެވެ. އަދި ބައެއް ގެތަކަށް ފެން ވަންނަމުންދާ ކަމަށާއި، އެ ރަށްތަކުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެތަނުން ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!