ނިޔާވި އެންމެންގެ ޖަނާޒާ ހަނިމާދޫގައި

މިއަދު މެންދުރު 12:00 ހާއިރު ހދ. ނޮޅިވަރަންފަރުން އެ އަތޮޅު ހަނިމާދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައިގެން ހިނގި ހިތާމަވެރި ހާދިސާގައި ނިޔާވި އެންމެންގެ ޖަނާޒާ ހަނިމާދޫގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މިއަދު ހިނގި މި ހާދިސާގައި ނިޔާވެފައި ވަނީ ތިން އަންހެނަކާއި ފިރިހެނެއްގެ އިތުރުން އުމުރުން ތިން އަހަރުގެ އަންހެން ކުއްޖެކެވެ.

އެނގިފައިވާ ގޮތުގައި މި ހާދިސާ ގައި ނިޔާވި މީހުންގެ ޖަނާޒާ ހަނިމާދޫގައި ކުރިޔަށްގެންގޮސް، އެރަށުގައި އެމީހުން ވަޅުލާން ނިންމާފައިވަނީ ކަނޑުގަދަވުމާއި ގުޅިގެންނެވެ.

ހަނިމާދޫ އާއި ނޮޅިވަރަމްފަރުގެ ރާސްތާއަކީ ލޯންޗެއްގައި ގާތްގަނޑަކަށް 10 މިނެޓެވެ. ލޯންޗު ބަންޑުން ޖަހާލި ހިސާބަކީ އާންމު ހުޅުނގު މޫސުމުގައި ގަދަ ސަރަހައްދެކެވެ. އެ ސަރަހައްދުން ގަދައިރު ލޯންޗުތައް ނުވަންނަ ކަމަށްވެސްވެ އެވެ.

ހާދިސާގެ މައުލޫމާތު ދެމުން ކޯސްޓްގާޑުން ބުނީ، ބަންޑުން ޖަހާލި ލޯންޗަކީ 23 ފޫޓުގެ ލޯންޗެއް ކަމަށެވެ. އަދި ލޯންޗުން ދަތުރުކުރި އެއްވެސް މީހަކު ލައިފް ޖެކެޓް އަޅާފައިނުވާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!