ފެލިދޫއަށް އައި ކޮޅި ގަނޑެއްގައި ގެއްލުންތަކެއް ވެއްޖެ

ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރާގައި ވ ފެލިދޫއަށް އެރި ކޮޅިގަނޑެއްގައި ގެއެއްގެ ފުރާޅު އެއްލާލާއި ބައެއް ގެއްލުންތައް ލިބިއްޖެއެވެ. 

ފުލުހުން ބުނީ މިއަދު ހެނދުނު 08:30 ކަންހާއިރު ގަދަ ވަޔާއި ވިއްސާރަ އާއި އެކު އައި ކޮޅިގަނޑުގައި ގެއެއްގެ ފުރާޅު އެއްލާލާފައިވާކަމަށެވެ. އަދި އެހެން ގެއެއްގެ ފުރާޅަށް އެކިވަރުގެ ގެއްލުންވެ ބަނބުކެޔޮ 2 ގަހެއް މުލުން ލުހި ވެއްޓިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ. 

ފުލުހުން ބުނީ ފުރާޅު އެއްލާލި ގޭގައި އަލުން ޓިނު ޖެހުމުގެ މަސައްކަތް ރަށު ކައުންސިލާއި އާއްމު ރައްޔިތުންނާ ފުލުހުން ގުޅިގެން ކުރަމުންދާކަމަށެވެ. 

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މިއަދު މުޅި ރާއްޖެއަށްވެސް މޫސުން ގޯސްވެ، ކުރިއަށް އޮތް 24 ގަޑިއިރުވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް) އޮފީހުން ވަނީ އިލްތިމާސްކުރައްވައިފައެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!