ރާއްޖެ އޮތީ ކޮމަންވެލްތާ ގުޅެން ތައްޔާރަށް: އެސެސްމަންޓް ޓީމް

ދިވެހިރާއްޖެ އިން ޑިއު ޕްރޮސެސް އާ އެއްގޮތަށް އަމަލުކޮށްފައިވާ ކަމަށާއި، އަދި މިހާރު ކޮމަންވެލްތާ އަލުން ގުޅުމަށް ރާއްޖެ ތައްޔާރަށް އޮތް ކަމަށް ކޮމަންވެލްތު ސެކްރެޓޭރިއޭޓްގެ އެސެސްމެންޓް ޓީމުން ބުނެފި އެވެ.

ކޮމަންވެލްތުގެ އެސެސްމަންޓް ޓީމެއް ރާއްޖެ އައިސްފައި ވަނީ ރާއްޖެއިން ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް އަލުން ވުމަށް ހުށަހަޅާފައި ވާތީ، ރާއްޖޭގެ ހާލަތު ދިރާސާކުރުމަށް، ކަމާ ގުޅުން ހުރި ދާއިރާތަކުގެ ބޭފުޅުންނާއި ބައްދަލުކުރުމަށެވެ.

އިއްޔެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާ ބައްދަލުކޮށް ކޮމަންވެލްތު އެސެސްމަންޓް ޓީމްގެ ފަރާތުން ވަނީ ދިވެހިރާއްޖެ އިން ކޮމަންވެލްތާ ގުޅުމަށް ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށް ބުނެފަ އެވެ. އަދި އަލުން ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް ވުމަށް ރާއްޖެއިން ވަރަށް ބޮޑަށް ބޭނުންވެފައިވާކަން ބައްދަލުކުރެވުނު ފަރާތްތަކުގެ ފަރާތުން އެނގިގެން ދިޔަކަން އެ ޓީމުން ވަނީ ފާހަގަކޮށްފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!