ގެއެއްގެ ބެލްކަނީގެ ބައެއް މަގުމައްޗަށް ވެއްޓިއްޖެ

މާލެ އަށް މޫސުން ގޯސްވެފައި ވަނިކޮށް، ގެއެއްގެ ބެލްކަނީގެ ބައެއް ރޭ މަގުތައްޗަށް ވެއްޓިއްޖެ އެވެ. 


އެނގިފައިވާ ގޮތުގައި ރޭ މާލެ އަށް ބޯކޮށް ވާރޭ ވެހެމުން ދަނިކޮށް ވެއްޓިފައިވަނީ ފަރީދީ މަގު ޑީ ބްލޫ މެރިން ފިހާރަ ހުންނަ އިމާރާތުގެ ބެލްކަންޏެއްގެ ބައެކެވެ. އެ ހާދިސާ ހިނގަން ދިމާވީ ސީދާ ކީއްވެގެން ކަމެއް ސާފެއް ނުވެ އެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި ބެލްކަނީގެ ބައެއް ވެއްޓިފައިވަނީ ޑީ ބްލޫ މެރިން ފިހާރަ ކުރިމަތީ ޕޭމަންޓް މައްޗަށެވެ. ނަމަވެސް ބެލްކަނި ވެއްޓުނު ވަގުތު އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމެއް ސާފެއް ނުވެ އެވެ.

އޭގެ އިތުރުން ޕޭމަންޓް ކައިރީގައި ގިނަ އަދަދެއްގެ ވެހިކަލް ޕާކްކޮށްފައި ހުރި އިރު، އެއިން ވެހިކަލަކަށް ގެއްލުމެއް ލިބުނުކަމުގެ މައުލޫމާތެއް ވެސް ނުލިބެ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!