ޒަހަމްތަކަކާއެކު އެއްލައިލާފައި އޮއްވާ ފެނުނު މީހާ ފަރުވާއަށް މާލެ ގެންނަނީ

އައްޑޫ ސިޓީގެ މަރަދޫއިން ޒަހަމްތަކަކާއެކު އެއްލާލާފައި އޮއްވައި ފެނުނު މީހާއަށް އިތުރު ފަރުވާ ދިނުމަށް މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވީ، އަނިޔާތަކަކާއެކު އެ ހޮސްޕިޓަލަށް ގެންދިޔަ މީހާ، ފިޒިކަލީ ސްޓޭބަލް ނަމަވެސް އޭނާގެ ބޮލަށް އަނިޔާތަކެއް ލިބިފައިވާ ކަމަށާއި އެގޮތުން އޭނާ މާލެ ގެންދިއުމަށް ޑޮކްޓަރުން ލަފާދޭ ކަމަށެވެ. އެހެންވެ މިހާރު އެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. 

އަނިޔާ ކުރުމަށްފަހު މަރަދޫ ފުއްޓަރު ފަރާތަށް އެއްލާލާފައި އޮއްވައި ފެނުނީ ހުވަދުއަތޮޅަށް ނިސްބަތްވާ ޒުވާނެކެވެ.

ފުލުހުން އިއްޔެ ބުނީ، ސ. މަރަދޫ ފުއްޓަރު ފަރާތުގައި ޒަހަމްތަކަކާއެކު މީހަކު އޮތް ކަމުގެ މައުލޫމާތު އިއްޔެ 3:30 ހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!