ކުރީގެ ހޯމް މިނިސްޓަރު އަޒްލީނަށް ހަމަލާދީފި

ކުރީގެ ހޯމް މިނިސްޓަރު އަހުމަދު އަޒްލީނަށް މީހަކު ހަމަލާދީ މަރުގެ އިންޒާރު ދީފިއެވެ.

އަޒްލީން ވިދާޅުވީ އޭނާއަށް މީހަކު އައިސް ހަމަލާދިނީ މިރޭ 12:15 އެހާކަންހާއިރު އެމަނިކުފާނު ދިރިއުޅުއްވާ ގެ ކުރިމަތީގައި ހުއްޓާ ކަމަށެވެ. ހަމަލާ ދިނުމުގެ ކުރިން ވަރަށް ހަޑި ހުތުރުކޮށް ހަމަލާ ދިން މީހާ ވާހަކަ ދެއްކި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ހަމަލާ ދިނީ އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ މީހެއްތޯ އެހުމުން އަޒްލީން ވިދާޅުވީ އެއީ އެމްޑީޕީއަށް ނިސްބަތްވާ މީހެއް ކަމަށެވެ.

އަދި އިތުރު ހަމަލާއަކުން އެނާ ސަލާމަތްވީ އިއްތިފާގުން އެތަނަށް ކުލަ ހެދުމުގައި ތިބި ދެ ފުލުހަކު އައުމުން ކަމަށާއި ނަމަވެސް ސީންއަށް ފުލުހުން އައިއިރު ވެސް ހަމަލާދިން މީހާ އެތަނުގައި ހަޅޭއްލަވަން ހުރި ކަމަށެވެ.

އޭނާ ވިދާޅުވީ، ހަމަލާ ދިނުމުގެ ސަބަބުން މާބޮޑު އަނިޔާއެއް ނުލިބުނު ނަމަވެސް ނަފްސާނީ ގޮތުން ވަރަށް ބޮޑަށް ބިރުގެންފައިވާ ކަމަށެވެ. އަދި ހަމަލާދިން ސީންއަށް ހާޒިރުވި ބޭފުޅުން ވެސް އޭނާއަށް ހަމަލާދިން މީހާ ހައްޔަރު ކޮށްފައިނުވާކަން އަޒްލީން ފާހަގަކުރެއްވިއެވެ.

ނަމަވެސް އަޒްލީންގެ ފަރާތުން އެ މައްސަލަ މިހާރު ވަނީ ފުލުހަށް ހުށަހަޅައިފައެވެ.

އަޒްލީން ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ކުރިން ވެރިކަން ކުރި ޕީޕީއެމްއިން ވަކިވެ، ސަރުކާރު ކޯލިޝަންގައި މިހާރު އޮތް ޖުމްހޫރީ ޕާޓީ (ޖޭޕީ)އާ ގުޅިވަޑައިގެންފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!