އެއް ފަހަރާ 40 ދިވެހި އަންހެނުން ބައިވެރިވެގެން ރާއްޖޭގައި ޑައިވް ކުރާ ހަރަކާތެއް ކުރިއަށް ގެންދަނީ

ޕަޑި އިންޓަނޭޝަނަލް ވިމެންސް ޑައިވް ޑޭ ފާހަގަކުރުމުގެ ގޮތުން 40 ދިވެހި އަންހެނުން ބައިވެރިވެގެން ރާއްޖޭގައި ޑައިވް ހަރަކާތެއް އެބަ ކުރިއަށް ގެންދެ އެވެ. 

މިއަދު ހެނދުނު ހަރަކާތް ފެށިއިރު އެ ހަރަކާތުގައި ވަނީ ތުލުސްދޫ ޑައިވް ރިޓްރީޓް އަދި މާފުށީ ޑައިވް ސެންޓަރުން ބައިވެރިވެފަ އެވެ. އެގޮތުން ސާޅީސް އަންހެން ބައިވެރިންނާއެކު ފެށި އެ ޑައިވުގައި ކޮންމެ ސައިޓެއްގައި ވެސް 45 މިނެޓު ހޭދަކުރަން ހަމަޖެހިފައި ވެއެވެ. ޑައިވް ކުރުމަށް ބައިވެެރިން މޫދަށް ފޭބީ، ތަޖުރިބާކާރު އަންހެން ޑައިވް އިންސްޓްރަކްޓަރުންނާއެކު އެވެ. 

ޕަޑި އިންޓަނޭޝަނަލް ވިމެންސް ޑައިވް ޑޭގެ ގޮތުގައި ފާހަގަކުރަނީ ޖުލައި 20 އެވެ. މި ދުވަސް ރާއްޖޭގައި ފާހަގަކުރަން ފެށީ 2015 ވަނަ އަހަރެވެ. އެގޮތުން މިއީ ރާއްޖޭގައި މި ދުވަސް ފާހަގަކުރަމުން އަންނަ ހަތަރު ވަނަ ފަހަރެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!