ފޮޓޯ: ފެށުން

މަދަނީ އިޖުރާއަތުގެ ބިލު އެކުލަވާލުމުގެ ތެރެއިން، އ.ދ. ގެ ކޮންސަލްޓަންޓް ސިވިލް ސަރވިސް ކޮމިޝަނާ ބައްދަލުކޮށްފި

ދިވެހިރާއްޖޭގެ މަދަނީ އިޖުރާއަތުގެ ބިލު އެކުލަވާލުމުގެ މަސައްކަތް ފެށުމުގެ ގޮތުން، އެޓަރނީ ޖެނެރަލް އޮފީހުން އ.ދ. ގެ ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) ގެ އެހީއާއެކު، އައްޔަނުކޮށްފައިވާ ކޮންސަލްޓަންޓް މިސްޓަރ އިމެނުއެލް ގިންޝާޑް އާއި ކޮމިޝަނުގެ މެންބަރުން ބައްދަލުކުރައްވައިފިއެވެ.

18 ޖުލައިގައި ސިވިލް ސަރވިސް ކޮމިޝަނުގައި އޮތް މި ބައްދަލުކުރެއްވުމުގައި ކޮމިޝަނުގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް އެވެ. މި ބައްދަލުވުމުގެ މަޤްސަދަކީ މަދަނީ އިޖުރާއަތުގެ ބިލު އެކުލަވާލެއްވުމަށްޓަކައި، ދިވެހިރާއްޖޭގައި މިހާރު އަމަލުކުރެވޭ ކަމާބެހޭ ޤާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތައް ދިރާސާކުރެއްވުމަށާއި، ކަމާ ބެހޭ މުއައްސަސާތަކާއި ވަކީލުންނާއި އަދި ޖަމްޢިއްޔާތަކާއި ބައްދަލުކުރައްވަމުން ގެންދަވާތީ ބޭއްވި ބައްދަލުވުމެކެވެ.

މިސްޓަރ އިމެނުއެލް ގިންޝާޑް އަކީ އިނގިރޭސިވިލާތުގެ ނޮދަމްބްރިއާ ޔުނިވަރސިޓީގެ ލޯ ސްކޫލްގައި ސީނިއަރ ލެކްޗަރަރއެއްގެ މަޤާމު އަދާކުރައްވަމުންގެންދަވާ ފަރަންސޭސިވިލާތުގެ ބޭފުޅެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!