ހާލުބޮޑު ބަލިމީހަކު އެމްއެންޑީއެފް ހެލިކަޕްޓަރުގައި ގަމުން، މާލެ ގެނެސްދީފި

ހާލުބޮޑު ބަލި މީހަކު، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ހެލިކަޕްޓަރުގައި މާލެއަށް ގެނެސްދީފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވިގޮތުގައި، ހާލުބޮޑު ވެގެން އެ އިދާރާގެ ސެންޓްރަލް ކޮމާންޑުގެ އެހީތެރިކަމާއެކު އެ މީހާ މާލެއަށް ގެނައީ، ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އެ ރަށުން ކަމަށެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެމްއެންޑީއެފްގެ ސިފައިންގެ އެހީތެރިކަމާއެކު މާލެއަށް ގެނެސްފައި ވަނީ އުމުރުން 59 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާ މާލެއަށް ގެނެސްފައި ވަނީ މިއަދު ހެނދުނު 9:00 ހާއިރު ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!