ރާއްޖެއިން ޙައްޖުވެރީން މާދަމާ ފުރަންފަށާނެ

މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް، ރާއްޖެއިން ދިއުމަށް ހަމަޖެހިފައިވާ ހައްޖާޖީން މާދަމާ ސައުދިއަރަބިއްޔާ އަށް ފުރަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެގޮތުން އެންމެ ފުރަތަމަ ފުރުމަށް ހަމަޖެހިފައި ވަނީ ޒައީ ގުރޫޕް ލިމިޑެޓްގެ ހަވާލުގައި ހައްޖަށްދާ 84 ހައްޖުވެރިންނެވެ. އެ ގްރޫޕަށް ފަހު މިމަހުގެ 25 ގައި 154 ހައްޖާޖީންނާއެކު ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑްގެ ހަވާލުގައި ހައްޖަށްދާ މީހުން ފުރަން ނިންމާފައި ވާއިރު ހަމަ އެދުވަހު 144 މީހުންނާއެކު އަލް ހަރަމައިން ހައްޖު ގްރޫޕުން ވެސް ފުރާނެ އެވެ. 

އަދި ޖެހިގެން އަންނަ ދުވަހު މިނާ ގްރޫޕުގެ ހަވާލުގައިދާ 16 ހައްޖުވެރިން ފުރުމަށް ހަމަޖެހިފައި ވާއިރު މިމަހުގެ 27 ވަނަ ދުވަހު 29 ހައްޖާޖީންނާއެކު ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑާއި ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދާ 43 މީހުން ފުރާނެއެވެ. 

އޭގެ އިތުރުން މިނާ ހައްޖު އުމްރާގެ ހަވާލުގައި ހައްޖަށްދާ 76 މީހުންނާއި އެކްރޯ ޕްރައިވެޓް ލިމިޓެޑް ގެ ހަވާލުގައި ދާ 99 މީހުން ފުރާނީ މިމަހުގެ 29 ގައެވެ. 

އޭގެ އިތުރުން، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ހައްޖަށްދާ އިތުރު 330 މީހުން މިމަހުގެ 30 ގައި ފުރަން ހަމަޖެހިފައި ވާއިރު ޖެހިގެން އަންނަ ދުވަހު ވެސް އެ ކޯޕަރޭޝަނުގެ ހަވާލުގައި ހައްޖަށްދާ 352 މީހުން ފުރާނެ އެވެ. އަދި އަންނަ މަހުގެ އެއް ވަނަ ދުވަހު ވެސް އެ ކޯޕަރޭޝަނުގެ ހަވާލުގައިދާ 318 މީހަކު ހައްޖަށް ފުރާނެ އެވެ. 

އަންނަ މަހުގެ ދެ ވަނަ ދުވަހު މިނާ ގްރުޕޫގެ ހަވާލުގައި ހައްޖަށްދާ 100 މީހަކު ވެސް ހައްޖަށް ފުރަން ހަމަޖެހިފައި ވާއިރު އަންނަ މަހުގެ ހަތަރު ވަނަ ދުވަހު، ވެސް މިނާ ގްރޫޕުގެ ހަވާލުގައިދާ 180 މީހުންނާއި ތަޒްކިޔާ ގްރޫޕުގެ 14 މީހުން އަދި ހަރަމައިން ގްރޫޕުގެ 12 މީހަކު ފުރާނެ އެވެ. އަދި އަންނަ މަހުގެ ފަހެއްގައި ތަޒްކިޔާ ގްރޫޕުގެ ހަވާލުގައި ހައްޖަށްފާ 30 މީހަކު ފުރުރުމަށް ވަނީ ހަމަޖެހިފަ އެވެ. 

މި އަހަރު ރާއްޖޭން މީހުން ހައްޖަށް ގެންދިޔުމަށް 2000 ކޯޓާ ލިބުނު އިރު މިއަހަރު ހައްޖަށް ދާނީ 1981 މީހެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!