މާލޭގެ ގެއެއްގެ ބެލްކަނީ ވެއްޓިފައި

ބާ އިމާރާތްތަކުގެ މައުލޫމާތު ލިޔުމުން ހުށަހަޅަން އެދިއްޖެ

ބާވެފައި ހުރި އިމާރާތްތަކުގެ ޝަކުވާ ސޯޝަލް މީޑިއާ މެދުވެރިކޮށް ހުށަހެޅުމުގެ ބަދަލުގައި އެކަން ލިޔުމުން ހުށަހެޅުމަށް މާލޭ ސިޓީ ކައުންސިލުން އެދިއްޖެ އެވެ. 


ލިޔުމުން ހުށަހެޅޭ ޝަކުވާތަކުގެ އަދަދު ވަރަށް ބޮޑަށް ދަށްކަން ފާހަގަކޮށް ބައެއް މީޑިއާތަކަށް މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ، ލިޔުމުން ޝަކުވާ ހުށަހެޅުމުން ކަމާއިގުޅޭ މުއައްސަސާތަކާއި ގުޅިގެން މައްސަލަ ހައްލު ކުރުމުގެ ފުރުސަތު އިތުރުވެގެން ދާނެ ކަމަށެވެ. 

މިފަހަކަށް އައިސް ބާވެފައިވާ އިމާރާތްތަކުގެ ފޮޓޯ ސޯޝަލް މީޑިއާއަށް ހިއްސާ ކުރުން ވަނީ އިތުރުވެފަ އެވެ. އެގޮތުން ސިޓީ ކައުންސިލު ޓެގުކޮށް ކުރާ އެފަދަ ޕޯސްޓްތަކަށް އާއްމުކޮށް ސިޓީ ކައުންސިލުން ޖަވާބުދީ އެކަން ސަމާލުކަމަށް އައިސްފައިވާ ކަމަށް ވެސް ބުނެ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!