ޝިލްޕާ އެނބުރި އަންނަނީ ލިޔުންތެރިއެއްގެ ރޯލުން

މަޝްހޫރު ބޮލީވުޑް ސްޓާރ ޝިލްޕާ ޝެޓީ އެތައް އަހަރަކަށްފަހު، އަނެއްކާވެސް ފިލްމަކުން ފެންނަށް ތައްޔާރުވެފައިވާކަމަށް ޚަބަރުތައް ބުނެފިއެވެ.

ފިލްމީ ކުޅުމާއި ދުރުގައި ހުރިނަމަވެސް ޝިލްޕާ އަންނަނީ ރިއަލިޓީ ޝޯވތަކުގައި ޖަޖެއްގެ ގޮތުގައި ހަރަކާތްތެރިވަމުންނެވެ. އެގޮތުން ޑާންސް ރިއަލިޓީ ޝޯވ “ސުޕަރ ޑާންސް ޗެޕްޓަރ 3” ގެ ފަނޑިޔާރުކަން ވަނީ ކޮށްފައެވެ.

އާއިލާއާއެކު އިޓަލީގައި މިހާރު ޗުއްޓީއެއް ހޭދަކުރަމުންދާ ބަތަލާ އަކީ ބޮލީވުޑްގެ އެންމެ ލޫޅާފަތި އެއް ބަތޮލާއެވެ. ޚަބަރުތައް ބުނާގޮތުން ލިޔުންތެރިއެއްގެ ރޯލުން ޝިލްޕާ ފެނިގެންދާ މިފިލްމަކީ ރަމޭޝް ތައުރާނީ ޕްރޮޑިއުސްކުރާ ފިލްމެކެވެ. އަދި ދިލްޖީތް ދޯޝަން އާއި ޔާމީ ގޯތަމްވެސް ފެނިގެންދާ މި ފިލްމްގެ ޝޫޓިންގ ވަރަށް އަވަހަށް ފަށާނެއެވެ.

ޝިލްޕާ އެންމެ ފަހުން ފެނިގެންދިޔައީ 2007 ވަނަ އަހަރު ރިލީޒް ކުރި ” އަޕްނޭ” އިންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!