ފޮޓޯ: އަވަސް

ސީލައިފު ފްލެޓުން ގެއްލުންވި މީހުނަށް ސަރުކާރުން ބަދަލުދޭން ނިންމުމުން އުފާ ފާޅުކޮށްފި

ހުޅުމާލޭގައި 3،000 ފްލެޓް އަޅަން ބުކިން ފީގެ ގޮތުގައި ސީލައިފުން ފައިސާ ނެގުމަށް ފަހު މަސައްކަތް ކުރިއަށް ނުގެންދިއުމުން ގެއްލުންވި މީހުނަށް ސަރުކާރުން ބަދަލު ދޭތީ އުފާ ފާޅުކޮށްފި އެވެ.

ސީލައިފް ފްލެޓު ގަތް ގިނަ ބަޔަކާއެކު އެ މައްސަލާގައި އިސް ވަކީލެއްގެ ގޮތުގައި ހަރަކާތެރިވާ މަރިޔަމް ޝުނާނާ ވެސް ހިމެނޭ ގޮތަށް ބުރާސްފަތު ދުވަހުގެ ރޭ މާލޭގެ ސިޓްރޮންގައި ވަނީ ހަފުލާއެއް ބާއްވާފަ އެވެ. އެ ހަފުލާގައި ވަކީލް ސުނާނާ މަަސައްކަތުގެ އަގު ވަޒަންކޮށް ހަނދާނީ ފިލައެއްް ދީފައިވެސް ވެއެވެ.

ހުޅުމާލޭގައި ބޮޑު ސަރަހައްދެއްގައި ފްލެޓު އެޅުމުގެ މަޝްރޫއެއް ހިންގުމަށްޓަކައި ސީލައިފް ކުންފުނިން ވަނީ 203 މީހެއްގެ އަތުން ފައިސާ ނަގާފަ އެވެ. އެ ކުންފުނިން ގިނަ ބައެއްގެ އަތުން ބުކިން ފީގެ ގޮތުގައި 50،000ރ. ނަގާފައިވާއިރު، ބައެއް ފަރާތް ތަކުން ފްލެޓަށް ފުރަތަމަ ދައްކަން ޖެހޭ 20 ޕަސެންޓު (ގާތްގަނޑަކަށް 600،000ރ. ވަރު) ވެސް ނަގާފައި ވެ އެވެ.

ނަމަވެސް އެ ކުންފުނިން ފްލެޓު އަޅާ ސަރަހައްދު ކޮނެލުން ފިޔަވައި އިތުރު މަސައްކަތެއް ކޮށްފައެއް ނުވެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!