ފޮޓޮ: ގޫގުލް

ކުރިއަރަމުން އައި ބާރު ސްޕީޑް ހުއްޓުމަކަށް އައިސް ރާއްޖެ މިހާރު އޮތީ އިގްތިސާދީ މާޔޫސްކަމެއްގެ ތެރޭގައި: ސައީދު

މިދިޔަ ފަސް އަހަރު ރާއްޖެ ކުރިއަރަމުން އައި ބާރު ސްޕީޑް ހުއްޓުމަކަށް އައިސް މިހާރު ވަނީ އިގްތިސޯދީ މާޔޫސްކަމެއްގެ ތެރޭގައި ކަަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސޮވެރިން ޑެވޮލޮޕްމެންޓް ފަންޑަށް 570 މިލިއަން ރުފިޔާ ޖަމާވި ކަމަށް ބުނާ ހަބަރަކާ ގުޅިގެން ސައީދު ވިދާޅުވީ އެ ފަންޑަކީ ރާއްޖޭގެ ތަރައްގީ ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ވާރުތަވަމުން އައި ދަރަނީގެ އަޅުވެތިކަމުން ސަލާމަތްކޮށް ތަހުޒީބު މުޖުތަމައުއެއް ބިނާކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފެއްދެވި ފަންޑެއް ކަމަށެވެ.

ދިވެހިންގެ އަތުން ބީވެގެންދިޔަ ތަރައްގީ އަނބުރާ ހޯދަން ރައީސް ޔާމީން އެންމެ ފަސް އަހަރު ކުރެއްވި މަސައްކަތަށް ދިވެހި ތާރީހު ހެކިވާނެ ކަމަށާއި މި ސަރުކާރުން ކިތަންމެ މަސައްކަތެއް ކުރިޔަށް އެ ހަގީގަތް ބަދަލު ނުކުރެވޭނެ ކަމަށްވެސް މާވަށު ދާއިރާގެ މެމްބަރުކަން މިހާރު ކުރައްވަމުން ގެންދަވާ ސައީދު ވިދާޅުވިއެވެ.

“ހިތާމަޔަކީ 2013-2018 އަށް ރާއްޖެ ކުރިއަރަމުން އައި ބާރު ސްޕީޑް މިހާރު މިވަނީ ހުއްޓުމަކަށް އައިސް، އިގްތިސާދީ މާޔޫސްކަމެއްގައި” ސައީދު ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!