ދިވެހި ހާޖީނަށް އެހީތެރިކަން ފޯރުކޮށްދީ, މޮނިޓާ ކުރުމަށް މައްކާގައި އޮފީހެއް ހުޅުވައިފި

ރާއްޖޭން ހައްޖަށްދާ މީހުންގެ ކަންކަން ބަލައި ސަރުކާރުން ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދީ މޮނިޓާ ކުރުމަށް، ދިވެހި ހައްޖު މިޝަންގެ އޮފީހެއް މައްކާގައި ގާއިމުކޮށްފި އެވެ. 


ދިވެހި ހައްޖު މިޝަން އިން މިއަދު ބުނީ، ދިވެހި ހައްޖާޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ހައްޖު މިޝަންގެ އޮފީހެއް މައްކާގައި ގާއިމުކޮށް ރަސްމީކޮށް މަސައްކަތް ވެސް ފަށާފައިވާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން އިއްޔެ ބުނެފައި ވަނީ ރާއްޖޭގެ ހައްޖުވެރިން ހައްޖަށް ފުރުމަށް ހަމަޖެހިފައި ވަނީ މާދަމާ އިން ފެށިގެން އޯގަސްޓް ފަހެއްގެ ނިޔަލަށް ކަމަށެވެ. މިއަހަރުގެ ހައްޖު ދުވަހަކީ އޮގަސްޓު 10 ވާ ހޮނިހިރު ދުވަހެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!