މިހާރު ރާއްޖެ އަށް ކުރަމުންދާ ވިއްސާރައިގައި ހުޅުމާލެ އަށް އާދަޔާ ހިލާފަށް ވައިގަދަވެއްޖެ

ހުޅަނގު މޫސުމުގެ ވިއްސާރަ މިހާރު ރާއްޖެ އަށް ކުރަމުން ދާއިރު، މިއަދު ހެނދުނު ހުޅުމާލެ އަށް އާދަޔާ ހިލާފަށް ވައިގަދަވެއްޖެ އެވެ. 


މިއަދު ހެނދުނު 10:00 ހާއިރު ހުޅުމާލެ އަށް ވަރަށް ބޯކޮށް ވާރޭވެހި ވައިގަދަވި މަންޒަރު ފެންނަ ވީޑިއޯތައް މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. މަގުމަތީގައި ހުރި ބައެއް ގަސްތައް ވަޔާދާ މަންޒަރު އެ ވީޑިއޯތަކުން ފެންނައިރު، ވަރަށް ބޯކޮށް ވާރޭވެހެމުން ދެއެވެ. 

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވެސް ބުނީ މިއަދު ހެނދުނު ހުޅުމާލެ އަށް މޫސުން ގޯސްވި ކަމަށެވެ. މެޓް އޮފީހުން ވިދާޅުވީ މިއަދު ހެނދުނު ހުޅުމާލެ އަށް 45 މޭލު ބާރުމިނުގައި ވައި ގަދަވި ކަމަށެވެ. އެކަމަކު މިހާރު މޫސުން ރަނގަޅު ކަމަށް ވެއެވެ. 

“މިއަދު ހެނދުނު ތަންކޮޅެއް ވިއްސާރަ ކުރި. އެއީ މާގިނަ އިރެއް މެއިންޓެއިންނެއް ނުކުރޭ. ދޭތެރެއަކުން 15 ވަރަކަށް މިނެޓު ވެހިލާފަ ދަނީ. މާ ގިނައިރު މެންޓެއިން ކުރި ވިލާކޮޅެއް ނާދެ މިއަދަކު،” މެޓް އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެވްރެޖުކޮށް އިއްޔެ އަށް ވުރެ މިއަދު ހުޅުމާލެއަށް ވައި ގަދަ ކަމަށާއި އެގޮތުން ގާތްގަނޑަށް 13 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ކަމަށެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!