އެމެރިކޭގެ މަޝްހޫރު ކާލްޓަން ގޭސް ރާއްޖެއަށް ތައާރަފުކޮށްފި

އެމެރިކޭގެ މަޝްރޫއު އުފެއްދުމެއް ކަަމަށްވާ ކާލްޓަން ބްރޭންޑްގެ ރެފްރިޖެރެންޓް ގޭސް ރާއްޖެއަށް ތައާރަފްކޮށްފި އެވެ.

މޯލްޑިވް ގޭހުން ރާއްޖެއަށް ތައާރަފުކުރި ކަލްޓަން ރެފިރިޖަރެންޓް ގޭހުގެ ބާވަތްތަކުގެ ތެރޭ ގޭގޭގައި ބޭނުންކުރާ ގޭހާއި އެއާކޮންޑިޝަނަރަށް ހާއްސަ ގޭސް ހިމެނެ އެވެ. އަދި ކުދި ފިހާރަތަކުގައި ބޭނުންކުރާ ކޫލަރު ފަދަ އާލާތްތަކަށް ބޭނުންވާ ގޭސް ވެސް ހިމެނެ އެވެ. އަލަށް ތައާރަފު ކުރި ގޭހުގެ ބާވްތަތަކުގެ ތެރޭގައި ގެސްޓް ހައުސްތަކާއި ރިސޯޓުތަކުގައި ތަކެތި ފިނި ކުރަން ބޭނުންކުރާ ބޮޑެތި ކޯލްޑް ސްޓޯރޭޖުގައި ބޭނުންކުރާ ގޭސް ވެސް ހިމެނެ އެވެ.

ކަލްޓަން ގޭސް ތައާރަފު ކުރީ އެސްޓީއޯ ޓްރޭޑް ސެންޓަރުގައި އިއްޔެ ބޭއްވި ސޭލްސް އިވެންޓެއްގަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!