ޕީޕީއެމްގެ ރަޖިސްޓްރާގެ މަގާމަށް ލަމްއާން އައްޔަން ކޮށްފި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރެޖިސްޓްރާ އަކަށް ފެނަކަ ކޯޕަރޭޝަނުގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން އައްޔަނު ކޮށްފިއެވެ.

ލަމްއާނަކީ ޕީޕީއެމް ކައުންސިލްގެ މެންބަރެކެވެ. އަދި ރައީސް ޔާމީނު ސަރުކާރުގައި ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރެއްވީ، ފެނަމަ ކޯޕަރޭޝަނުގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް އިސްތިއުފާ ދެއްވައި، އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމަށް ވަޑައިގެންނެވުމާއެކުގަ އެވެ. ޝަރީފަށް ފަހު، ގިނަ ދުވަސްތަކެއް ވަންދެން ފެނަކަ ކޯޕަރޭޝަނުގެ އެކްޓިން މެނޭޖިން ޑިރެކްޓަރަކަށް ވެސް ލަމްއާން ހުންނެވި އެވެ. 

ލަމްއާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމްގެ ރެޖިސްޓްރަގެ މަގާމަށް އޭނާ އައްޔަނު ކުރުމުން ޕީޕީއެމްގެ ރައީސް ޔާމީނަށާއި، ޕާޓީގެ ކައުންސިލް މެންބަރުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ވީ އެންމެ ފުރިހަމައަކަށް ޕާޓީގެ ރެޖިސްޓްރާގެ މަގާމު އަދާކުރާނެ ކަމަށް ލަމްއާން ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!