ވައި ގަދަވުމުގެ ސަބަބުން ގޮއިދޫ ސިއްހީ މަރުކަޒުގެ ދޮރު ހަލާކުވެއްޖެ

މުޅި ރާއްޖެއަށް މިހާރު ކުރަމުންމިދާ ވިއްސާރައިގައި ބ. ގޮއިދޫއަށް އެރި ވައިގެ ސަބަބުން އެރަށު ސިއްހީ މަރުކަޒުގެ ދޮރު ހަލާކު ވެއްޖެއެވ.

އެގޮތުން ސިއްހީ މަރުކަޒަށް ވަންނަން ހުންނަ މައި ދޮރުގެ އެއްފަޅިވަނީ ވީދައިގެން ގޮސްފައެވެ.

މީގެ އިތުރުން ގޮއިދޫއަށް ޖެހުނު ގަދަ ވައިގައިވަނީ ދެގެއެއްގެ ފުރާޅުވެސް އެއްލާލައިފައެވެ. ނަމަވެސް މި ދެގެޔަކީ މީހުން ދިރިނޫޅޭ ދެގެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!