ހައްޖަށް ދާ މިހުން 4 ގަޑިއިރުކުރިން އެއާޕޯޓަށް ދިއުމަށް އިލްތިމާސްކޮށްފި

ރާއްޖެއިން ,މިއަހަރު ހައްޖަށް ދާ މީހުން އަންނަ އާދީއްތަ ދުވަހު ފުރަން ފަށާއިރު، ހައްޖަށްދާ މީހުން ފްލައިޓްގެ 4 ގަޑިއިރުކުރިން އެއާޕޯޓަށް ދިއުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

 
ހައްޖުގެ ކަންކަމާގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިސްލާމިކް އެފެއާޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝާފިއު އަލީ މިއަހަރު ރާއްޖެއިން ހައްޖަށްދާ މީހުން އަންނަ އާދީއްތަ ދުވަހު ފުރަން ފަށާނެ ކަމުގައެވެ.

މިއަހަރު ރާއްޖެއިން 2000 މީހުން ހައްޖަށް ދާނެއެވެ. މިއީ ފަހުގެ ތާރީހެއްގައި މިހާގިނަ އަދަދެއްގެ މިހުން ރާއްޖެއިން ހައްޖަށް ފުރާ ފުރަތަމަ އަހަރެވެ.

އޭނާ ވިދާޅުވީ މިއަހަރު ހައްޖަށްދާ މީހުންނާއި އެމީހުންގެ އާއިލާތައް އެއާޕޯޓަށް ގެންގޮސްދިނުމަށް ހަމަޖެހިފައިވަނީ ހިލޭ ކަމުގައެވެ. އެކަމަށްޓަކާ އެމްޓީސީސީއާއި އެމްއޭސީއެލުން އިންތިޒާމްތައް ހަމަޖައްސާފައިވާކަމަށް ޝާފިއު ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!