ޖަލުގައި ހިނގި ހަމަނުޖެހުންތަކުގެ ރިޕޯޓް އެންއައިސީން ޢާންމުކުރަނީ

މިދިޔަ މަހުގެ ތެރޭގައި މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތަށް ތަޙްޤީޤްކޮށް ނިމިފައިވާ ކަމަށާއި، ވަރަށް އަވަހަށް އެ މައްސަލައިގެ ތަހުގީގު ރިޕޯޓް ޢާންމު ކުރާނެކަމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން، (އެންއައިސީން) ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ނޭޝަނަލް އެންޓެގްރިޓީ ކޮމިޝަންގެ ރައީސް އަޙްމަދު ސުލައިމާން ވިދާޅުވީ، މިދިޔަ މަހުގެ 20 ވަނަ ދުވަހު މާފުށީ ޖަލުގައި ގައިދީންނާއި ޖަލު އޮފިސަރުންނާއި ދެމެދު ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ޖަލަށް ގޮސް އެމައްސަލައިގެ ތަހުގީގު އެ ކޮމިޝަނުން ފެށި ކަމަށެވެ. އަދި މިހާރު އެ މައްސަލައިގެ ތަހުގީގު ނިންމާފައިވާ ކަމަށާއި އެކަމުގައި ފިޔަވަޅު އަޅަންޖެހެ ފަރާތްތަކާމެދު ފިޔަވަޅުވެސް އަޅާނެކަމަށް ސުލައިމާން ވިދާޅުވިއެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަކީ މޯލްޑިވްސް ކެރެކްޝަނަލް ސަރވިސްއާއި، ފުލުހުންނާއި، ކަސްޓަމްސްއާއި އިމިގްރޭޝަންގެ މުވައްޒަފުން ކުރާ ޤާނޫނާއި ގަވާއިދާ ޚިލާފު ޢަމަލުތައް ބަލައި ތަޙުޤީޤުކުރުމުގެ ޤާނޫނީ ބާރު ލިބިގެންވާ މިނިވަން މުއައްސަސާއެކެވެ. 

މިދިޔަ މަހުގެ 20ވަނަ ދުވަހު މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތަކުގައި ކަމާގުޅުން ހުރި މުއައްސަސާތަކުން އަދިވެސް އަންނީ ތަހުގީގު ކުރަމުންނެވެ. ޖަލުގައި ހަމަނުޖެހުން ހިނގާފައިވަނީ ރިމާންޑް ޖަލުގައި ހުރި ޤައިދީއަކު ޖަލަށް ވެއްދުން މަނާ އެއްޗެއް ޖަލަށް ވައްދަން ބުނުމުން ޖަލު ބަލަހައްޓާ އޮފިސަރު އެކަމާއި ދެކޮޅު ހެދުމުންކަމަށް ކަރެކްޝަނަލް ސާރވިސް އިން ވަނީ މީގެކުރިން ބުނެފައެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!