މެޖިސްޓްރޭޓް ހަސަން ދީދީގެ ބަޔާން ނަގައިފި

ގއ. ކަނޑުހުޅުދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ހަސަން ދީދީ އާ ގުޅޭގޮތުން ހުށަހެޅިފައިވާ ސުލޫކީ މައްސަލަތަކަކާ ގުޅިގެން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީން) އޭނާއާ ސުވާލުކޮށް ބަޔާން ނަގައިފިއެވެ.

ޖޭއެސްސީގެ ތަހުގީގު ޓީމުން ހަސަން ދީދީގެ ބަޔާން ނަގައިފައިވަނީ އިއްޔެ ހަވީރުއެވެ. އޭނާގެ ބަޔާން ނަގާފައިވަނީ ގއ. އަތޮޅަށް މިހާރު ވަޑައިގެން އުޅުއްވާ ޖޭއެސްސީގެ ތަހުގީގު ޓީމުންނެވެ.

ހަސަން ދީދީގެ ސުލޫކީ މައްސަލައިގައި ކަނޑުހުޅުދޫގެ ބައެއް އާންމުންނާ ސުވާލުކޮށް ބަޔާން ނަގާފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ގއ. ކަނޑުހުޅުދޫ މެޖިސްޓްރޭޓުގެ އިތުރުން އެ އަތޮޅު މާމެންދޫ ކޯޓުގެ މެޖިސްޓްރޭޓް އަހްމަދު ޝުކޫރާއި ހަމަ އެ އަތޮޅު ދާންދޫ ކޯޓުގެ މެޖިސްޓްރޭޓުގެ މައްސަލަތަކެއް ވެސް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ. މި މައްސަލަތަކުގެ އިތުރުން ގއ. އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ހަސަން ނަޖީބާއި ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާންގެ މައްސަލަތަކެއް ވެސް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ.

ޖޭއެސްސީގެ ތަހުގީގު ޓީމުގައި ހިމެނެނީ ކޮމިޝަނުގެ ނާއިބު ރައީސް، މަސްތޫރު ހުސްނީ އާއި ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު އާއި ހިސާން ހުސައިން އާއި ފަނޑިޔާރު އަބްދުލް ރައޫފް އިބްރާހީމް އަދި ކޮމިޝަނުގެ މެންބަރު މުހައްމަދު އީސާފުޅެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!