ސޮވަރިން ޑިވެލޮޕްމަންޓް ފަންޑަށް 570 މިލިއަން ރުފިޔާ ޖަމާކޮށްފި

ސޮވަރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް) އަށް މިދިޔަ ހަފުތާއާ ހަމައަށް 570 މިލިއަން ރުފިޔާ ޖަމާ ކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭސުން ނެރުނު މިދިޔަ ހަފުތާގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި މި އަހަރު ސޮވެރިން ޑިވްލޮޕްމަންޓް ފަންޑް (އެސްޑީއެފް) އަށް 705.6 މިލިއަން ރުފިޔާ ޖަމާ ކުރަން ކަނޑައަޅާފައި ވާއިރު މިހާތަނަށް 570 މިލިއަން ރުފިޔާ ވަނީ ޖަމާ ކޮށްފަ އެވެ.

ސޮވަރިން ފަންޑަކީ ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަމަކަށްޓަކައި އަދި ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަން ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގައި އިގުތިސޯދަށް އަތުވެދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ ހާއްސަ ފަންޑެކެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!