ޕްރިޔަންކާ ހައްޔަރު ކޮށްފި

އިންޑިއާގެ އިދިކޮޅު ކޮންގްރެސް ޕާޓީގެ ކުރީގެ ލީޑަރު ރާހުލް ގާންދީގެ ކޮއްކޮ ޕްރިޔަންކާ ގާންދީ ވަދުރާ ހައްޔަރު ކޮށްފިއެވެ.

ޕްރިޔަންކާ ގާންދީ ހައްޔަރު ކޮށްފައި ވަނީ ބިމުގެ މައްސަލައެއްގައި ބަޑީގެ ހަމަލާތަކެއް ބަދަލުކޮށް 10 މީހަކު މަރާލި ހާދިސާ ހިނގި އުއްތަރަ ޕްރަދޭޝްގެ އަވަށެއް ކަމަށްވާ ސަންބަދްރާއަށް ދަތުރު ކުރަމުން ދަނިކޮށެވެ.

ހަބަރުތައް ބުނާ ގޮތުން ޕްރިޔަންކާ ހައްޔަރު ކޮށްފައިވަނީ ކޮންގްރެސްގެ ލީޑަރުންނާއި އެކު އެ އަވާށާއި ގާތްގަނޑަކަށް 80 ކިލޯމީޓަރު ދުރުންނެވެ.

ފުލުހުން ބުނާ ގޮތުގައި ޕްރިޔަންކާ ހައްޔަރު ކުރީ ގާނޫނުލްއުގޫބާތުގެ 144 ވަނަ މާއްދާ ތަންފީޒު ކުރުމަށް ފަހުގައެވެ. އެމާއްދާގައި ބުނާ ގޮތުން 4 މީހުންނަށްވުރެ ގިނަ މީހުން ބައިވެރިވެގެން ޖަމާއަތް ހަދައިގެން އެ ސަރަހައްދުގައި އުޅުމަކީ މަނާކަމެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!