ގެއްލުނު ބިދޭސީ މީހާ ކަނޑުގެ 21 މީޓަރުގެ އަޑިން މަރުވެފައި އޮއްވާ ފެނިއްޖެ

ކ.ގުޅީ ފަޅުގައި އަޅާފައި އޮތް “ސާހިބާ” ނަމަކަށްކިޔާ މަސްދޯންޏެއްގެ ނަގިލި ނަގަން މޫދަށް އެރިގެން އުޅެނިކޮށް ގެއްލުނު މީހާ ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

އެމްއެންޑީއެފްގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ގެއްލުނު ބިދޭސީ މީހާ މަރުވެފައި އޮއްވާ ކޯސްޓްގާޑުގެ ޑައިވަރުންނަށް ފެނުނީ ކަނޑުގެ 21 މީޓަރުގެ އަޑިން ކަމަށެވެ.

އޭނާގެ ހަށިގަނޑު ފެނުނީ ހަވީރު 16:21 ހާއިރު ކަމަށާއި މިހާރު އެމީހާގެ ހަށިގަނޑު މާލެ ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މަޢުލޫމާތު މިއަދު 08:50 ހާއިރު އެމްއެންޑީއެފް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުންގެ ޓީމެއް ވަނީ އެ ސަރަހައްދަށްގޮސް ހަރަކާތްތެރިވާން ފެށި ކަމަށެވެ.

މި ހާދިސާގައި މަރުވި ބިދޭސީ މީހާ އަކީ އެ ދޯނީގެ ފަޅުވެރިއެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!