އައިޝްވާރިޔާ ތިމާވެއްޓާ ގުޅުން ހުރި ވިޔަފާރިއެއް ފަށައިފި

އައިޝްވާރިޔާ ރާއީ ތިމާވެއްޓާ ގުޅުން ހުރި ވިޔަފާރިއެއް ފަށައިފި އެވެ.

މީގެ 10 ވަރަކަށް އަހަރު ކުރިން މަހާރަޝްތުރާ ސްޓޭޓްގައި ވައިން ހަކަތަ އުފެއްދުމުގެ މަޝްރޫއަކަށް ބަތޮލާ އައިޝްވާރިޔާ ރާއީ އިންވެސްޓްކޮށްފައިވާ ހަބަރުތަށް ބުނެއެވެ. ބޮލީވުޑްގެ ހަބަރުތަށް ގެނެސްދޭ ފިލްމުފެއާ އިން ބުނި ގޮތުގައި އައިޝްވާރިޔާ އާއި އޭނާގެ މަންމަ ވުރިންދާ ރާއީ ހިއްސާވާ ގޮތަށް މި ފަހަރު ވެސް ފަށާފައި ވަނީ ތިމާވެއްޓާ ގުޅުން ހުރި ސްޓާޓަޕެކެވެ.

އެގޮތުން ކުރީގެ ރީތީގެ ރާނީ ބެންގަލޫރުގައި ފެށި ވިޔަފާރިއަކީ ވައިގެ ކޮލިޓީ މޮނިޓާ ކުރަން ހާއްސަ އުފެއްދުމެއް ކަމަށްވާ “އެމްބީ” ފޯރުކޮށް ދިނުމެވެ. ނޫސްތަކުން ބުނި ގޮތުގައި މީގެ 100 އަށް ވުރެ ގިނަ ސެންސާތައް ބެންގަލޫރުގެ އެކި ސަރަހައްދުތަކުގައި މިހާރު ވަނީ ހަރުކޮށްފަ އެވެ.

އެ ނޫހުން މައުލޫމާތުދޭ ގޮތުގައި އަލަށް ފެށި ވިޔަފާރީގައި އައިޝްވާރިޔާ އާއި އޭނާގެ މަންމަ އެއްވަރަކަށް އިންވެސްޓްކޮށްފައިވެ އެވެ. އެއީ މީހަކު 50 ލައްކަ ރުޕީސް އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!