ޑިޒްނީގެ ލިޓްލް މާމެއިޑްގެ ބަތަލުގެ ރޯލް ލަވަކިޔުންތެރިޔާ ހެރީ އަށް ހުށަހަޅައިފި

ޑިޒްނީގެ ލިޓްލް މާމެއިޑްގެ ބަތަލުގެ ރޯލްލަވަކިޔުންތެރިޔާ ހެރީ ސްޓައިލްސް އަށް ހުށަހަޅައިފި އަށް ހުށަހަޅައިފިއެވެ.

އިނގިރޭސިވިލާތުގެ ކުރީގެ ބޭންޑް “ވަން ޑިރެކްޝަން” ގެ ލަވަކިޔުންތެރިޔާ ހެރީ ސްޓައިލަކީ މިހާރު ފިލްމުތަކަށް އާ މީހެއް ނޫނެވެ.

25 އަހަރުގެ ލަވަކިޔުންތެރިޔާ ވަނީ 2017ވަނަ އަހަރު ގެނެސްދިން ފިލްމު “ޑަންކާކް” މުހިއްމު ރޯލެއް ކުޅެފަ އެވެ. ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓް ކުރަމުން އަންނަ ގޮތުގައި ދާދި ފަހުން ޑިޒްނީން އިއުލާން ކުރި “ލިޓްލް މާމެއިޑް” ގެ ލައިވް-އެކްޝަން ފިލްމުގެ ރޯލެއް ވެސް ވަނީ ހެރީ އަށް ހުށަހަޅައިފަ އެވެ. އަދި އެކަމާ ބެހޭ ގޮތުން މިހާރު އަންނަނީ މަޝްވަރާތައް ކުރެވެމުން ކަމަށް ވެރައިޓީން ބުންޏެވެ.

އެ ނޫހުން ބުނި ގޮތުގައި ހެރީ އަށް ހުށަހަޅާފައި ވަނީ “ލިޓްލް މާމެއިޑް” ގެ ބަތަލު ޕްރިންސް އެރިކްގެ ރޯލެވެ. މި ފިލްމުގެ ޓައިޓްލް ރޯލް ދީފައިވަނީ ހެލީ ބެއިލީއަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!