ހަނީމޫން ހޭދަކުރުމަށްފަހު ސޯފީ އާއި ޖޯ އަދިވެސް ރާއްޖޭގެ ރީތިކަމުގެ އަޖައިބުގައި

ގޭމް އޮފް ތްރޯންސްގެ ތަރި ސޯފީ ޓާނާ އާއި ލަވަކިޔުންތެރިޔާ ޖޯ ޖޯނަސް ރާއްޖޭގައި ހަނީމޫން ހޭދަކުރި ފޮޓޯތައް އިންސްޓަގްރާމްގައި އާއްމުކޮށް ރާއްޖޭގެ ރީތިކަން ދުނިޔެއަށް ދައްކާލައިފިއެވެ.

ސޯފީ އާއި ޖޯ މެއި މަހު ކައިވެނިކުރުމަށްފަހު މިމަހުގެ ތެރޭގައި ރާއްޖޭގައި ވަނީ ވަރަށް ސިއްރުން ހަނީމޫނު ހޭދަކޮށްފައެވެ. ރާއްޖޭގައި ހަނީމޫން ހޭދަކުރި އިރު އެއްވެސް ފޮޓޯއެއް ސޯފީ ވެސް އަދި ޖޯ ވެސް ސޯޝަލް މީޑިއާއަށް ހިއްސާ ނުކުރި ނަމަވެސް ދެމީހުންވެސް ރާއްޖެއިން ފުރިފަހުން އަންނަނީ ރާއްޖޭގައި ހޭދަކުރި ވަގުތު ތަކުގެ ފޮޓޯތައް ހިއްސާކުރަމުންނެވެ. 

ސޯފީ އާއި ޖޯ ޗުއްޓީ ހޭދަކޮށްފައިވަނީ ސޮނޭވާ ފުށީގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!