ރައީސްގެ ދެކަނބަލުން މޮރިޝަސްއަށް ވަޑައިގެންފި

މޮރިޝަސް ސަރުކާރުގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މޮރިޝަސްއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިއަދު އެޤައުމަށް ވަޑައިގެންފިއެވެ.

މޮރިޝަސްގެ ސަރ ސީވޫސަގަރު ރަމްގޫލަމް އިންޓަރނޭޝަނަލް އެއަރޕޯޓުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް މަރުޚަބާ ދެންނެވީ އެ ޤައުމުގެ މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް ޝޯން ކްރިސްޓޯފް ސްޓެފެން ޓުސައިންއެވެ.

މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މޮރިޝަސްގެ ޕޯޓް ލުއީގައި މިއަދު ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2019 (އައި.އޯ.އައި.ޖީ)  ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ. މީގެއިތުރުން މި މުބާރާތުގައި ބައިވެރިވާ ދިވެހި އެތުލީޓުންނަށް ހިތްވަރުދެއްވައި އައި.އޯ.އައި.ޖީގެ އެކި ކުޅިވަރުތަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްލަވާލެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ރާއްޖެއިން ވަނީ މި މުބާރާތުގެ 14 ކުޅިވަރެއްގައި ބައިވެރިވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!