މުސްކުޅި ކުރާ އެޕް: ސެލެކްޓްކުރާ ފޮޓޯ ނޫނަސްް ގެލަރީގައި ހުންނަ ހުރިހާ ފޮޓޯ ފޭސްއެޕްގެ ސާވާއަށް ކޮޕީކުރާ ކަމުގެ ތުހުމަތު

ފާއިތުވި ދެތިން ދުވަހު ގިނަ ބަޔެއްގެ މެދުގައި މަގުބޫލުވަމުން އަންނަ “ފޭސްއެޕް” އަކީ ފޮޓޯ އެޑިޓްކޮށް މީގެ އަހަރުތަކެއް ފަހުން ތިމާ މުސްކުޅިވެފައި ހުންނައިރު ހުންނާނެ ގޮތް އެޕްލިކޭޝަނުން ދައްކުވައި ދޭ އެޕެކެވެ.

މި އެޕްލިކޭޝަންއަކީ ރަޝިޔާގެ ކުންފުންޏެއް ކަމަށްވާ ވަޔަރލެސް ލެބްއިން އުފައްދާފައިވާ އެޕްލިކޭޝަންއެކެވެ. 2017 ވަނަ އަހަރު އުފެދިގެން އައި މި އެޕްލިކޭޝަންއަށް މީގެ ކުރިން މާ ބޮޑު ސަމާލުކަމެއް ލިބިފައިނުވި ނަމަވެސް، މި އެޕްލިކޭޝަންއިން މީހުންގެ މަޢުލޫމާތު ވަގަށް ހޯދަމުންދާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.

މީގެ އިތުރުން ފޭސްއެޕް ބޭނުންކޮށްގެން ފޮޓޯ އެޑިޓްކުރުމަށް ސެލެކްޓްކުރާ ފޮޓޯ ނޫނަސްް، އެފޯނެއްގެ ގެލަރީ އާއި ކެެމެރާރޯލްގައި ހުންނަ ހުރިހާ ފޮޓޯއަކާއި ޑާޓާތައް ފޭސްއެޕްގެ ސާވާއަށް ކޮޕީކުރާ ކަމަށްވެސް ވަނީ ތުހުމަތުކުރެވިފައެވެ.

ސެކިއުރިޓީ އެކްސްޕާޓް އެއް ބުނެފައިވާ ގޮތުން ހެކަރުންނަށް މި އެޕްގެ ޒަރިއްޔާއިން އެޕޯނަކުން ވަދެފައި ހުންނަ ސައިޓުތަކަށް ވަދެ އެ ސައިޓްތަކުގައި ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ފުރުސަތުވެސް އޮވެއެވެ.

ނަމަވެސް އެޕްލިކޭޝަން އުފެއްދި ކުންފުނިން ބުނީ އެ އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯތައް ދާއިމީގޮތެއްގައި ރައްކާ ނުކުރާ ކަމަށާއި އެއްވެސް ޒާތީ މަންފާއެއް ހޯދަން ފޮޓޯތައް ބޭނުން ނުކުރާނެކަމަށެވެ.

ކަން މިހެން އޮތް ނަމަވެސް މި އެޕްގެ ޒަރިއްޔާއިން އަމިއްލަ ފޯނުގެ ގެލަރީ އަށް އެކްސެސް ދެވޭއިރު މި އެޕް ބޭނުންކުރަނީ ކިހާވެރެއްގެ ޔަގީންކަމެއް ދެއްވާފަތޯއެވެ؟

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!