ރ އަތޮޅުން ތ އަތޮޅަށް ވައިޓް އެލާޓް ނެރެފި

ރ އަތޮޅުން ފެށިގެން ތ އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް ގަދަވަޔާއިއެކު ވިއްސާރަކުރާނެކަމަށް ލަފާކޮށް އެސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.

 
މޫސުމަބެހޭ ޤައުމީ އިދާރާއިން ބުނީ މިއަދު 15:30 އިން ފެށިގެން މިރޭ 20:00 އާއި ހަމައަށް މިސަރަހައްދަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށް ލަފާކުރެވޭ ކަމުގައެވެ.

އަދި ބޯކޮށް ވާރޭ ވެހުމާ އެކު ވިލާގަނޑުގައި ގަޑިއަކު 50 މޭލު ބާރުމިނުގައި ވައި ގަދަ ވާނެކަމަށް ވެސް އެ އިދާރާއިން ބުނެއެވެ. އެހެން ކަމުން ކަނޑު ދަތުރު ކުރަށްވާ ފަރާތްތަކުން މުސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރައްވައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!