ޤައުމީ ފުޓްބޯޅަ ޓީމަށް މިނިސްޓަރ ޝާހިދުއާއި މިނިސްޓަރ މަޙުލޫފު ހިތްވަރުދެއްވައިފި

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރާ ދިވެހި ޤައުމީ ފުޓްބޯޅަ ޓީމާއި ބައްދަލުކުރައްވައި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އާއި ޔޫތް މިނިސްޓަރ އަޙުމަދު މަޙުލޫފު ޓީމްގެ ކުޅުންތެރިންނަށް ހިތްވަރުދެއްވައިފިއެވެ. 

މޮރީޝަސްގައި އިއްޔެ ރަސްމީކޮށްފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ދިވެހި ޤައުމީ ޓީމް ކުޅުނު ފުރަތަމަ މެޗު މިނިސްޓަރ މަޙުލޫފް އާއި މިނިސްޓަރ ޝާހިދުވަނީ ބައްލަވާލައްވާފައެވެ. އަދި މެޗަށްފަހު ޓީމްގެ ކުޅުންތެރިންނާއި އޮފިޝަލުންނާއި ދެ މިނިސްޓަރުންވަނީ ބައްދަލުކުރައްވާ ހިތްވަރުދެއްވާފައެވެ. 

ފޮރިންގ މިނިސްޓަރ އަބްދުﷲ ޝާހިދު އަދި މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަޙުމަދު މަޙުލޫފުވަނީ ރާއްޖެއިން 2023ގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޭއްވުމަށް ރާއްޖެއިން ކުރި ބިޑަށް ތާޢީދު ހޯއްދެވުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

2023ގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބާއްވާ ޤައުމު އިއުލާންކުރުން އޮންނާނީ މިފަހަރުގެ ގޭމްސް ނިމުމުގެ ރަސްމިއްޔާތުގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!