ނަގިލި ނަގަންފޭބި މިހަކު ގެއްލިގެން ހޯދަނީ

މަސްދޯންޏަކުން ނަގިލިނަގަން ފޭބި މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

އެމްއެންޑީއެފް އިން ދެންމެ ވިދާޅުވީ ކ.ގުޅީފަޅުގައި އަޅާފައި އޮތް “ސާހިބާ” ނަމަކަށް ކިޔާ މަސްވެރިކަން ކުރާ ދޯންޏެއްގެ ނަގިލި ނަގަން ފޭބި ބިދޭސީ ފަޅުވެރިއެއްގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް މާލޭ އޭރިޔާ ކޯސްޓްގާޑްގެ ޑައިވަރުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ބިދޭސީމީހާ ގެއްލިގެން ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 8:51 ހާއިރުކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން މިމީހާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ނަމަ ލަސްނުކުރައްވައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 ގުޅުއްވައި ދެއްވުމަށް އެމްއެންޑީއެފް އިން އެދެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!