ފެޝަަން ޓްރެންޑް: މި ކުޑަކުޑަ ދަބަހަށް ލެވޭނީ ކޯންޗެއް؟

ޒަމާނުންސުރެ ދިވެހިންގެ ތެރޭގައި ބޭނުންކުރެވެމުންދާ ދަބަހުގެ ސައިޒަށާއި ޑިޒައިންތަކަށް މި ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައިއެވެ.

އޭގެތެރެއިން އެންމެ ބޮޑު ބަދަލެއް އައިސްފައިވަނީ އާންމު ދިރިއުޅުމުގައި ހާއްސަކޮށް އަންހެނުން ބޭނުންކުރަމުން ގެންދާ އަތްދަބަސް ނުވަތަ “ހޭންޑް ބޭގް” އަށެވެ. އަންހެން ވެރިން ނަކީ ތަފާތު ކަންކަމަށް ތަފާތު ވައްތަރުގެ އަދި ތަފާތި ސައިޒުގެ ބޭގް ގެންގުޅޭ ބަޔެކެވެ. މިސާލަކަށް އޮފީހަށްދާން ބޮޑު ދަބަހެއް ގިނަބަޔަކަށް ކަމުދާއިރު ކޮފީ އަކަށް ނުވަރަ ޝޮޕިންގ ކޮއްލަން ދާއިރު ގެންދަން ކުޑަ ދަބަހަކީ ގެންގުޅެން ފަސޭހަ ދަބަހެކެވެ.

ޕެރިސް ފެޝަން ވީކްގައި ދައްކާލި އޯޓަމް/ވިންޓަރ ކަލެކްޝަންގައި ދައްކާލި ހެދުންތަކަށްވުރެ އެންމެ ގެ ސަމާލުކަން ލިބުނީ ރަންވޭގައި ހިނގާލާފައި ދިޔަ ކުއްޖަކު ދެ އިނގިލި ކުރިން ހިފަހައްޓާލައިގެން ހުރި “މައިކޮރޯ ބޭގް” އަކަށެވެ.

ޖެކްމާ ލެ ޗިކިޓޯރގެ މި ކުޑަ ބޭގް އަކީ މާ ގިނަ އެއްޗިސް އެޔަށް ލެވޭނެ ބޭގް އެއް ނޫނެވެ. ނަމަވެސް މި ބޭގް އަކީ ތަފާތު ކުލަ ތަކުގައި ލިބޭނެ ބޭގް އެކެވެ. މި ދަބަސް މިހާރު ވަނީ ސެލެބްރިޓީންގެ މެދުގައި މަގުބޫލް ކަމެއް ހޯދާފައިއެވެ.

ޔޫޓީއުބް ޗެނަލް އަކުން މި ދަބަސް ރިވިއު ކުރި އިރު މި، ދަބަހައް ލެވެނީ ގޭގެ ތަޅުދަނޑި ފަތީގެ އިތުރުން ކޭޝްކާޑް އާއީ ހެޑްސެޓް ލެވޭ ހާ ޖާގަ މި ބޭގް އިން ލިބިދާނެއެވެ. މި ދަބަސް ގަންނަ މީހުން ވެސް އިއްތިފިގް ވާ ގޮތުގައި މި ބޭގް އަކީ ފެޝަން އަކަށް ބޭނުން ކުރުމަށް އެކަނި ފުދޭ ބޭގް އެކެވެ.

ޖެކްމާ ލެ ޗިކިޓޯރގެ އޮފިޝިއަލް ޕޭޖްއިން މި މިނީ ބޭގް ގަންނަން ލިބޭ އަގަކީ 522 ޑޮލަވެ. މި ދަބަހުގެ އަގުގެ އިތުރުން ދަބަހުގެ ކުޑަކަމުން ގިނަބަޔަކަށް މި ދަބަސް ވެފައި ވަނީ ޖޯކަކަށެވެ.

އެންމެވެސް އުފައްދާ ބޮޑު ސުވާލަކީ މި ކުޑަކުޑަ ދަބަހަށް ލެވޭނީ ވަކި ކޯންޗެއް ހެއްްޔެވެ؟

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!