ޖަޕާންގެ އެނިމޭޝަން ސްޓޫޑިއޯއެއްގައި ރޯވެ 26 މީހުން މަރުވެއްޖެ

ޖަޕާންގެ ކިޔޯޓޯގައި ހުންނަ އެނިމޭޝަން ސްޓޫޑިއޯއެއްގައި ރޯވެ 26 ހަކަށް މީހުން މަރުވެ އެތައް ބަޔަކަށް ގެއްލުން ވެއްޖެ އެވެ.

 
ޖަޕާންގެ މީޑިއާތަކުން ބުނާގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބަކީ އެތަނުގެ އެތެރެއަށް ވަދެ މީހަކު ރޯކޮށްލުމުންނެވެ. އެގޮތުން އިއްޔެ ހެނދުނު ފިރިހެނަކު ވަނީ ސްޓޫޑިއޯއަށް ވަދެ، ޕެޓްރޯލް ކަމަށް ބެލެވޭ އެއްޗެއް ޖެހުމަށް ފަހު އެތަނުގައި ރޯކޮށްފައި ކަމަށް ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުނެ އެވެ. އަދި އުމުރުން 41 އަހަރުގެ މީހާ އެތަނަށް ވަނުމަށްފަހު ރޯކޮށްލުމުގެ ކުރިން އިމާރާތުގެ އެކި ތަންތަނަށް ޕެޓްރޯލް އެޅިކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ކްޔޯޓޯގެ ފުލުހުން އޭނާ ހައްޔަރުކޮށްފައި ވީނަމަވެސް މި ހާދިސާގައި އޭނާ އަށްވެސް ވަނީ ބޮޑެތި ގެއްލުނތަކެއްވެފަ އެވެ. އެހެންކަމުން އެމީހާއަށް ދަނީ މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ހާދިސާ އާ ބެހޭގޮތުން ޖަޕާންގެ ބޮޑު ވަޒީރު ޝިންޒޯ އޭބް ވިދާޅުވީ އެއީ “ބަސްތަކުން ބުނެދެވޭ ވަރަށް ވުރެ މާ ހިތާމަވެރި” ހާދިސާއެއް ކަމަށެވެ. އެކަމަނާ ވަނީ ގެއްލުން ލިބުނު އާއިލާތަކަށް ތައުޒިޔާ ދަންނަވައިފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!