ފޮޓޯ: މިހާރު

ސީލައިފާއި ދެކޮޅަށް ކުރިއަށްގެންދާ ޖިނާއީ ތަހުޤީޤް ކުރިއަށްދާނެކަމަށް އަލީ ޒާހިރު ވިދާޅުވެއްޖެ

ހުޅުމާލޭގައި 3،000 ފްލެޓް އަޅަން ބުކިން ފީގެ ގޮތުގައި ސީ ލައިފުން ފައިސާ ނެގުމަށް ފަހު މަސައްކަތް ކުރިއަށް ނުގެންދިއުމުން ގެއްލުންވި މީހުންނަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މާލީ ބަދަލުދިން ނަމަވެސް ސީލައިފާއި ދެކޮޅަށް ކުރިއަށްގެންދާ ޖިނާއީ ތަހުޤީޤް ކުރިއަށްދާނެކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.

މި މައްސަލައިގައި އެޗްޑީސީ އާއި ސަރުކާރާ އެކު އެއްބަސްވެފައިވަނީ އެތަނުން ފްލެޓް ގަތުމަށްޓަކައި ފައިސާ ދެއްކި 203 ފަރާތަކަށް ފްލެޓަށް ދެއްކި ފައިސާ އަނބުރާ ދިނުމަށާއި، ގެއްލުމުގެ ބަދަލުގައި ސަރުކާރުން ކަނޑައަޅާ ހައުސިންގ ސްކީމެއްގެ ދަށުން ހައުސިންގ ޔުނިޓު ދިނުމަށެވެ. ސީލައިފްއަށް ފައިސާދިން ގިނަ ފަރާތްތަކުން ބުކިންގ ފީއާއި ޑައުންޕޭމަންޓް ފައިސާ ވަނީ ދައްކާފައެވެ

ގެއްލުން ލިބުނު ފަރާތްތަކަށް ބަދަލުދޭގޮތަށް ސަރުކާރުން އެއްބަސްވި އެއްބަސްވުމާއި ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށް އަމާޒުވަމުންދަނިކޮށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ މީހުންނަށް ބަދަލު ދޭން ނިންމީ ޕާފޯމަންސް ގެރެންޓީގެ ގޮތުގައި ސީލައިފުން ދީފައިވާ ފައިސާ އިން ކަމަށެވެ.

އަދި މާލީ ގެއްލުގެ ބަދަލު އެޗްޑީސީން ހޯދާނެކަމަށާއި، އެކަމުގެ ޖިނާއީ ތަހުޤީޤްތައްވެސް ހުއްޓުމެއްނެތި ކުރިއަށްދާކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!