ވެހިކަލްތަކުގައި ޖަހާފައިވާ ޗައިނާ އެއިޑް ނިޝާން ފޮހެނުލަން: ފުލުހުން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޗައިނާ ސަރުކާރުން ދިވެހި ފުލުހުންނަށް ހަދިޔާ ކުރި ވެހިކަލްތަކުގައި ޖަހާފައިވާ ޗައިނާ އެއިޑް ނިޝާން ފޮހެލުމުގެ މަސައްކަތް ކުރަމުން ނުދާ ކަމަށް ފުލުހުން ބުނެފި އެވެ.

ޗައިނާ ސަރުކާރުން ދިވެހި ފުލުހުންނަށް ހަދިޔާ ކުރި ވެހިކަލްތަކުގައި ރަތް ކުލައިން ޗައިނާ އެއިޑްގެ ނިޝާން ޖަހާފައި ހުރެ އެވެ. އެއިން ވެހިކަލެއްގައި ޖަހާފައިވާ ޗައިނާ އެއިޑްގެ ނިޝާން ފޮހެމުންދާ މަންޒަރު ފެންނަ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ފުލުހުން ރޭ ބުނީ ދައުރުވަމުންދާ ފޮޓޯއަކީ ވެހިކަލްގައި ޖަހާފައިވާ ޗައިނާ އެއިޑް ނިޝާން ވެހިކަލްގެ އެހެން ތަނަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ނަގާފައިވާ ފޮޓޯއެއް ކަމަށެވެ. އަދި އެ ނިޝާން އެހެން ތަނަކަށް ބަދަލުކޮށްފައިވަނީ ފުލުހުންގެ ނަމާ ދިމާއަށް ނިޝާން އޮތުމުން ކަމަށެވެ. ފުލުހުން ބުނީ ޗައިނާއިން ދީފައިވާ ހުރިހާ ވެހިކަލެއްގައި އެ ނިޝާން އަބަދުވެސް އޮންނާނެ ކަމަށެވެ.

ޗައިނާ ސަރުކާރުން ދިވެހި ފުލުހުންނަށް ހަދިޔާ ކުރި ވެހިކަލްތަކުގައި ރަތް ކުލައިން ޗައިނާ އެއިޑްގެ ނިޝާން ޖަހާފައި ހުރެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!