ރާއްޖެއިން އިނގިރޭސިވިލާތަށް ދަތުރުކުރުމަށް ވިސާއަށް އެދުމުގެ ވަގުތީ ސެންޓަރެއް ހުޅުވަނީ

ރާއްޖެއިން އިނގިރޭސިވިލާތަށް ދަތުރުކުރުމަށް ވިސާއަށް އެދުމުގެ ވަގުތީ ސެންޓަރެއް އަންނަ މަހު ފަހަކުން ހަޔަކަށް ހުޅުވުމަށް ހަމަޖެހިއްޖެ އެވެ.

ފޮރިން މިނިސްޓްރީ އިން ހާމަކުރިގޮތުގައި ވަގުތީ ސެންޓަރަކީ ރާއްޖޭގައި ހުންނަ ޔޫކޭ އެމްބަސީގެ ފަރާތުން ހިންގާ ވަގުތީ ޔޫކޭ ވިސާ އެޕްލިކޭޝަން ސެންޓަރެކެވެ. އެގޮތުން މި ދެ ދުވަހު ހެނދުނު 9:00 އިން ހަވީރު 5:00 އަށް ފޮރިން މިނިސްޓްރީގައި ޔޫކޭ ވިސާއަށް އެދި ހުށަހެޅުން ކުރިއަށް ދާނެ ކަމަށް ފޮރިން މިނިސްޓްރީ އިން މައުލޫމާތު ދެއެވެ.

އަދި ވިސާއަށް އެދި ހުށަހެޅުމަށް https://www.vfsglobal.co.uk/lk/en މެދުވެރިކޮށް ބުކިންގް ހަދަން ޖެހޭ ކަމަށް ފޮރިން މިނިސްޓްރީ އިން މައުލޫމާތު ދެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!