މޫސުން ގޯސްވުމުން ބައެއް ފްލައިޓުތައް ޑިލޭ ވެދާނެ ކަމަށް މޯލްޑިވިއަން އިން ބުނެފި

މޫސުން ގޯސްވުމުގެ ސަބަބުން ބައެއް ފްލައިޓުތައް ޑިލޭ ކުރަން ޖެހިދާނެ ކަމަށް ގައުމީ އެއަރލައިނުން ބުނެފިއެވެ.

 
މޯލްޑިވިއަނުން ރޭ ކުރި ޓްވީޓެއްގައި ބުނީ މިހާރު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ބައެއް ފްލައިޓުތައް ޑިލޭ ވެދާނެ ކަމަށެވެ. 

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކުރިއަށް އޮތް 24 ގަޑިއިރުވެސް އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ބައެއް ރަށްރަށަށް އުދައެރުން އެކަށީގެންވާކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ރޭ ވަނީ ބުނެފައެވެ.

ރާއްޖޭގެ މޫސުން ލަފާކުރާގޮތަށް ބަލާއިރު ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 08 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭއިރު އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނުގައި ވައިގަދަވުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ލަފާކުރެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!