ކޯލިޝަނުން ވަކި ވުމުގެ ވިސްނުމެއްނެތް ނެތް، ޖަމީލު ހާމަކުރެއްވީ އަމިއްލަފުޅު ހިޔާލު: ޖޭޕީ

ޕީޕީއެމާ ގުޅިގެން އެޕާޓީ ވަރުގަދަ ކުރުމަށް އެހީތެރިވާން ޖޭޕީން މަސައްކަތް ކުރަމުންދާ ކަމަށްބުނެ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާޙިމްގެ ސްޕެޝަލް އެޑްވައިޒަރ ޑރ. މުހައްމަދު ޖަމީލު އަހުމަދު ދައްކަވާފައިވާ ވާހަކަފުޅަކީ އޭނާގެ އަމިއްލަ ހިޔާލު ކަމަށް އެޕާޓީން ބުނެފިއެވެ.

 
ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޖަމީލް ވިދާޅުވީ، ޖުމްހޫރީޕާޓީގައި އޮތީ އެމްޑީޕީގެ ފިކުރެއް ނޫން ކަމަށެވެ. ޖޭޕީ އޮތީ ޕީޕީއެމް ފިކުރުގައިކަން ހާމަކުރައްވާ ޖަމީލު ވިދާޅުވީ އޭނާ އެމްޑީޕީ ފިކުރުގެ ބޭފުޅެއް ނޫން ކަމަށާއި އެކަން އެމްޑީޕީ މެންބަރުންނަށްވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ. ޖަމީލް ވިދާޅުވީ އޭނާ ނިސްބަތްވަނީ ޕީޕީއެމްގެ ފިކުރަށް ކަމަށެވެ. އަދި ޖޭޕީވެސް ހިމެނެނީ އެ ފިކުރުގެ ތެރޭގައި ކަމަށް ޖަމީލު ވިދާޅުވިއެވެ.

ޖަމީލްގެ އެ ވާހަކަތަކަށް ރައްދު ދެމުން ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް ހުސައިން ރަޝީދު މިއަދު ވިދާޅުވީ، ޖަމީލް ދެއްކެވި ވާހަކަފުޅަކީ ޖޭޕީގެ ވިސްނުން ނޫން ކަމަށެވެ. އަދި ޖޭޕީގެ ފިކުރު އެ ޕާޓީގެ އަސާސީ ގަވައިދުގައި ލިޔެފައިވާ ކަމަށާއި އެ ގަވައިދުގައިވާ ގޮތުގެ މަތިން މިއަދު ޖޭޕީ އޮތީ ސަރުކާރާއެކު ކޯލިޝަނެއްގައި ކަމަށް ހުސައިން ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!