ނުހެދި ހުރި ރިސޯޓުތައް ތަރައްގީ ކުރަން ފުރުސަތު ދީފި

ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކުރުމަށް ދީފައިވާ މުއްދަތު ހަމަވެފައިވާ ފަރާތްތަކުން އެ މުއްދަތު އިތުރު ކުރުމަށް ޓޫރިޒމް މިނިސްޓްރީން ފުރުސަތު ހުޅުވާލައިފިއެވެ.

 
ޓޫރިޒަމް މިނިސްޓްރީން މިރޭ ކުރި އިއުލާނުގައި ބުނެފައިވަނީ، ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކުރުމަށް ދީފައިވާ މުއްދަތު ހަމަވެފައިވާ ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދު” ގެ ދަށުން، މިހާތަނަށް “ކޮންސްޓްރަކްޝަން ޕީރިއަޑް” ގެ މުއްދަތު އިތުރުކުރުމަށް އެ މިނިސްޓްރީއަށް ހުށަހަޅާފައިނުވާ ފަރާތްތަކަށް އެ ގަވާއިދަށް ޢަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި “ކޮންސްޓްރަކްޝަން ޕީރިއަޑް” ގެ މުއްދަތު އިތުރުކުރުމަށް ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ. 

“ކޮންސްޓްރަކްޝަން ޕީރިއަޑް” މުއްދަތު ހަމަވެފައިވާ ފަރާތްތަކުން އަންނަ މަހުގެ 13 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން އެ މުއްދަތު އިތުރުކުރުމަށް އެދި ފޯމް ހުށަހެޅުއްވުމަށްވެސް މި އިއުލާނުގައި ޓޫރިޒަމް މިނިސްޓްރީންވަނީ ބުނެފައެވެ.

ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީ ކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމާ ގުޅޭ ގަވައިދެއް ހަދައި ގެޒެޓްކޮށްފައިވަނީ މި މަސްތެރޭގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!