ބުރިޖު ހައިވޭގައި ދެ ސައިކަލް އެކްސިޑެންޓްްވެ ހަތަރު މީހަކަށް އަނިޔާވެއްޖެ

ސިނާމާލެ ބުރިޖު ހައިވޭގައި ދެ ސައިކަލް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހަލިމަގުގައި މިރޭ 6:45 ހާއިރު އެކްސިޑެންޓެއް ހިނގައިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އެކްސިޑެންޓުވި އެއް ސައިކަލުގައި ތިބީ ފިރިހެނަކާއި އަންހެނެކެވެ. އަދި އަނެއް ސައިކަލުގައި ތިބީ ދެ އަންހެނުންނެވެ.

މަންޒަރު ދުށް މީހަކު ބުނިގޮތުގައި، މިރޭ ހިނގި މި އެކްސިޑެންޓްގައި އަނިޔާވި އެކަކުގެ ބޯ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައި ވެއެވެ. އަދި އަނެއް ތިން މީހުންނަށް މާ ބޮޑު އަނިޔާއެއް ނުވާ ކަމަށް މަންޒަރު ދުށް މީހަކު ބުންޏެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެކްސިޑެންޓުގައި އަނިޔާވި ތިން މީހަކު ގެންގޮސްފައިވަނީ ހުޅުމާލޭ ހޮސްޕިޓަލަށެވެ. އަދި އެކަކު ގެންގޮސްފައިވަނީ އޭޑީކޭ ހޮސްޕިޓަލަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!